ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދާ އެއްގޮތަށް ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މުވައްޒަފުންގެ މެޓާނިޓީ އަދި ޕެޓާނިޓީ ލީވްގެ މުއްދަތު އިތުރުކޮށްދިނުމަށް ނިންމައިފި އެވެ.
ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ އެމްޑީ އިބްރަހީމް ރަޝީދު ވަނީ މިކަން މިރޭ ކުރެއްވި ޓުވީޓަކުން ކަށަވަރުކޮށްދީފައެވެ.
އެމްޑީ އިބްރަހީމް ރަޝީދުގެ މި ޓުވީޓުގައި ވަނީ އެކުންފުނީގެ މުވައްޒަފުންނަށް ރައީސް ސޯލިހުގެ ވައުދާ އެއްގޮތަށް، ވިހެއުމާ ގުޅިގެން މައިމީހާއަށް ހަ މަހުގެ އަދި ބައްޕައަށް އެއް މަހުގެ ޗުއްޓީ، މުސާރައާއެކު ދިނުމަށް ނިންމައިފިކަމަށް ވިދާޅުވެފައެވެ.
ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ އެމްޑީގެ މަގާމަށް އިބްރާހީމް ރަޝީދު އައްޔަން ކޮށްފައިވަނީ ފާއިތުވި ޑިސެމްބަރުމަހުގެ ފަހުކޮޅެވެ.