ޚަބަރު

އެކައުންޓުގެ ވެރިފަރާތަށް ނޭނގި 180،000 ރުފިޔާ އެހެން އެކައުންޓަކަށް ޓްރާންސްފާ ކުރި އަންހެނަކު ހޯދަނީ

ރިފާ ހަލީލު

ވެރިފަރާތަށް ނޭނގި އެކައުންޓެއްގައި ހުރި ގިނަ އަދަދެއްގެ ފައިސާ އެހެން އެކައުންޓަކަށް ޓްރާންސްފާ ކުރި އަންހެނަކު ހޯދުމަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

އެ އަންހެން މީހާ ފެންނަ ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ، އޭނާއަކީ ވެރިފަރާތަށް ނޭނގި އެކައުންޓަކުން 180،000 ރުފިޔާ އެހެން އެކައުންޓަކަށް ޓްރާންސްފާ ކުރި މައްސަލައިގެ ތުހުމަތުގައި ހޯދަމުންދާ އަންހެނެއް ކަމަށެވެ.

އަދި ވީޑިއޯ އިން ފެންނަ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓްގެ ނަންބަރު 9790048 އަށް ގުޅައި އެ މައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ފުލހުން އާންމުކޮށްފައިވާ ވީޑިއޯ--