ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ތަހުގީގު ކުރި މައްސަލައަކާ ގުޅިގެން ގައިދީއަކު ގޭބަންދަށް ބަދަލުކޮށްފި އެވެ.
އެޗްއާރުސީއެމް އިން މިކަން ހާމަކޮށްފައިވަނީ މިއަދު ކުރި ޓުވީޓަކުންނެވެ. އެ ކޮމިޝަނުން މައުލޫމާތުދޭގޮތުގައި ގައިދީއެއްގެ ސިއްހަތާ ގުޅުންހުރި މައްސަލައެއް އެ ކޮމިޝަނުން ބެލުމަށްފަހު ނެރުނު އަމުރަކާ ގުޅިގެން އެގައިދީ ވަނީ މިހާރު ފަރުވާއަށް ގޭބަންދަށް ބަދަލުކޮށްފައެވެ.
ނަމަވެސް ގޭބަންދަށް ބަދަލުކޮށްފައިވާ ގައިދީގެ އެއްވެސް މައުލޫމާތެއް އެޗްއާރުސީއެމްއިން އާންމުކޮށްފައެއް ނުވެއެވެ.