ޚަބަރު

ސައިކަލެއް ކޮންޓްރޯލު ނުވެގެންގޮސް މޫން ކެފޭ ތެރެއަށް ވަދެއްޖެ

ސްޓާޓްކޮށްލި ސައިކަލެއް، ކޮންޓްރޯލް ނުވެ ގޮސް މޫން ކެފޭ ތެރެއަށް ވަދެއްޖެއެވެ.

''ވަންއޮންލައިން''އަށް އެނގިފައިވާ ގޮތުގައި އެހާދިސާ ހިނގީ މިއަދު 9:30އެހާކަށްހާއިރު މޫންކެފޭ ކައިރީ ޕާކުކޮށްފައި ހުރި ސައިކަލު ދުއްވާލަން އުޅުމުގެ ތެރޭގައި ކޮންޓްރޯލު ނުވެގެންނެވެ.

''ވަންއޮންލައިން''އަށް ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ސައިކަލު ގޮސް ކެފޭގެ ދޮރުގައި ޖެހި ބިއްލޫތިތައް ވަނީ ތަޅައިގެންގޮސްފައެވެ. ފޮޓޯއިން ފެންނަ ގޮތުގައި ސައިކަލު އޮތީ ކެފޭ ތެރޭގައެވެ.

މިހާދިސާގައި ކެފޭއަށް ގެއްލުންވެ، ސައިކަލުގައި އިން މީހާއަށް ވަނީ އަނިޔާވެފައެވެ. އޭނާއަށް އައިޖީއެމްއެޗުން ވަނީ ފަރުވާ ދީފަ އެވެ.

ފުލުހުން ބުނީ މިއަދު 9:30ގައި ސައިކަލެއް ސްޓާޓްކުރަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ނުވެގެންގޮސް މޫން ކެފޭ ތެރެއަށް ވަދެފައިވާ ކަމަށާއި އެހާދިސާގައި ކެފޭގެ ބިއްލޫރިގަނޑެއް ތަޅައިގެން ދިޔަ ކަމަށެވެ.

ސައިކަލު ދުއްވަން އިނީ 44 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާއަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ބުންޏެވެ.