ޚަބަރު

މުދަލު ޒަކާތުގެ ނިސާބަށް ބަދަލު ގެނެސްފި

އަލީ ޔާމިން

މުދަލު ޒަކާތުގެ ނިސާބަށް ބަދަލު ގެނެސްފިއެވެ.

މިއަހަރުގެ ޖޫން މަހާ ހަމައަށް މުދަލު ޒަކާތުގައި ރާއްޖޭގެ ނިސާބަކީ 6961.5 ރުފިޔާއެވެ. ނަމަވެސް އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި މުދަލު ޒަކާތުގެ ވާޖިބުވާ ނިސާބަކީ 6،878.20 ރުފިޔާ ކަމަށެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން އާންމުކޮށްފައިވާ ހިސާބުތައް ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ ފަސް މަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި 34.1 މިލިއަން ރުފިޔާ އެ އޮތޯރިޓީއަށް ލިބިފައިވެއެވެ.

މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 19 މިލިއަން ރުފިޔާއާ އަޅައިބަލާ އިރު 44 ޕަސެންޓުގެ ކުރިއެރުމެކެވެ.

މުދަލު ޒަކާތުގެ ނިސާބު ހަމަވާ ފަރާތްތަކުން މިލްކިއްޔާތުގައި ހުރި މުދަލާއި ފައިސާއިން 2.5 ޕަސެންޓް މުދަލު ޒަކާތުގެ ގޮތުގައި ދައްކަންޖެހެއެވެ. މުދަލު ޒަކާތް ނެރުމަކީ ނިސާބު ހަމަވާ ކޮންމެ މީހަކުވެސް ކުރުން ވާޖިބު ކަމެކެވެ.