އިކޮނޮމިކް މިނިސްޓްރީގެ އައްޑޫ އޮފީސް ފަޅާލައި ތިޖޫރި ވަގަށް ނަގައިފި އެވެ.
ފުލުހުން ބުނީ އެ އޮފީހުގެ ތިޖޫރި ވަގަށް ނަގާފައިވަނީ، އޮފީހުގެ ދޮރު މަތާލައިގެން ވަދެ ކަމަށެވެ.
އަދި އެކަމާބެހޭ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 08:01 ހާއިރުކަމަށްވެސް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އެ ތިޖޫރީގައި ފަންސާސް ހާހަށްވުރެ ގިނަ ރުފިޔާ ހުރިކަމަށް، މިހާތަނަށް ލިބިފައިވާ މައުލޫމާތުން އެނގިފައިވާ ކަމަށާއި، އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.