ޚަބަރު

ޓްރާންސްފޯމަރުތަކެއްގައި މައްސަލަޖެހި ފުވައްމުލަކުގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިއްޖެ

މަރިޔަމް ޝަހުދާ

ޓްރާންސްފޯމަރުތަކެއްގައި މައްސަލަޖެހި ފުވައްމުލަކުގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިއްޖެ އެވެ.

ފުވައްމުލަކު ސިޓީ އުތުރު ދާއިރާގެ ކައުންސިލަރު ހަމަދު އަބްދުﷲ "ވަން އޮންލައިން"އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ކަރަންޓް ކެނޑިފައިވަނީ މިރޭ ނުވައެއްޖަހާކަން ހާއިރު ކަމަށެވެ. މީގެ އިތުރުން ކަރަންޓް ކެނޑިފައިވަނީ ފުވައްމުލަކު ފުނާޑު އަދި ދޫނިގަމު އަވަށުން ކަމަށް ހަމަދު ވިދާޅުވިއެވެ.

ފެނަކައާ ހަވާލާދީ ހަމަދު ވަނީ މިރޭ ފަތިހު ކަރަންޓް ކެނޑުނު ހިސާބުތަކަށް އަލުން ކަރަންޓު ލިބޭނެ ކަމަށް ވިދާޅުވެފައެވެ.