21 މީހުންނާއެކު ލ .ފޮނަދޫއިން މާލެއަށް ދަތުރުކުރަމުން ދިޔަ ބޯޓެއްގެ އިންޖީނު ފުލިދޫ ކަނޑަށް ހުއްޓިގެން އެމްއެންޑީއެފްގެ މާލެ އޭރިއާ ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފި އެވެ.
މިކަން އެމްއެންޑީއެފަށް ރިޕޯޓުކޮށްފައިވަނީ މިރޭ 21:25 ހާއިރެވެ. އެމްއެންޑީއެފް އިން މައުލޫމާތުދޭ ގޮތުގައި އިންޖީނު ހުއްޓިގެން އެމްއެންޑީއެފަށް ރިޕޯޓުކޮށްފައިވަނީ އަރަފަ އެކްސްޕްރެސް ކިޔާ ބޯޓެކެވެ.
މިބޯޓުގައި ހިމެނޭ 21 މީހުންގެ ތެރޭ ދެ އަންހެނުންނާއި ހަތަރު ކުޑަކުދިން ހިމެނޭކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދިނެވެ.