މިނިސްޓަރ އޮފް ހަޔާރ އެޑިއުކޭޝަން ޑރ. އިބްރާހީމް ހަސަންގެ ނައިބުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ދެ ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.
މިގޮތުން އައްޔަން ކުރައްވާފައިވަނީ ނ. ފޮއްދޫ، އާޝީޔާ މަންޒިލް، އިސްމާއިލް ޒަބީހާއި ގ.މަންބައުގެ، އާއިޝަތު ޝަފިނާ އެވެ. ރައީސް ސޯލިހު މި ދެބޭފުޅުންވެސް މަގާމަށް އައްޔަން ކުރައްވާފައިވަނީ މިއަދު އެވެ.
އެގޮތުން ޒަބީހަކީ ޔުނިވަރސިޓީ އޮފް ވެސްޓް އޮފް އިންގްލެންޑުން މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވައިފައިވާ ބޭފުޅެކެވެ. އަދި ޝަފިނާ އަކީ ސްރީލަންކާގެ ޔުނިވަރސިޓީ އޮފް ކޮލަމްބޯ އިން މާސްޓަރ އޮފް ޑިވެލޮޕްމަންޓް ސްޓަޑީޒް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.