އުރީދޫ މޯލްޑިވްސްއިން ފަސޭހަ ހޯމް ބްރޯޑްބޭންޑްގެ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އުރީދޫން ބުނީ ފަސޭހަ ހޯމް ބްރޯޑްބޭންޑްގެ ކަސްޓަމަރުންނަށް ހާއްސަކޮށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގެ ދަށުން ރީޗާޖުކުރާ ކޮންމެ ފަހަރަކު އިތުރު 50 ޕަސެންޓް ޑޭޓާ ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ.
ފަސޭހަ ހޯމް ބްރޯޑްބޭންޑް ޕެކޭޖްތައް "ފަސޭހަ ސެލްފްކެއާ ވެބް" ބޭނުން ކޮށްގެން ރީޗާޖް ކުރެވޭނެ ކަމަށް އުރީދޫން ބުންޏެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ ނިޔަލަށެވެ.
ފަސޭހަ ބްރޯޑްބޭންޑު ޕެކޭޖުތަކުގެ ތެރޭގައި 20ޖީބީ، 50ޖީބީ، 60ޖީބީ، 120ޖީބީ، 180ޖީބީ އަދި 500ޖީބީގެ ޕެކޭޖުތައް ހިމެނެއެވެ.