ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

ކިހާދޫގައި ހުންނަ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރަށް ނައިބު ރައީސް ޒިޔާރަތްކުރައްވައިފި

ނައިބު ރައީސް ފައިސަލް ނަސީމް، ބ. ކިހާދޫގައި ހުންނަ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

ރައީސް އޮފީހުން މައުލޫމާތުދިން ގޮތުގައި ނައިބު ރައީސް އެ ސެންޓަރަށް ކުރެއްވި ޒިޔާރަތުގައި އެތަނުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވައިލެއްވިއެވެ.

އަދި އެތަނުގެ އިސް ވެރިންނާ އެމަނިކުފާނު ބައްދަލުކުރައްވައި މަސައްކަތްތައް ކުރިއަށްގެންދިއުމުގައި ދިމާވާ ގޮންޖެހުންތަކުގެ މައުލޫމާތު ވެސް އޮޅުންފިލުވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ރާއްޖޭގެ އެންމެ ބޮޑު ވޮކޭޝަނަލް ޓްރެއިނިން ސެންޓަރުގެ ގޮތުގައި "ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރު" ބ. ކިހާދޫގައި ހުޅުވާފައިވަނީ މިދިޔަ 2018 ވަނަ އަހަރުގެ އޯގަސްޓް މަހުގައެވެ.