ޚަބަރު

ކެންސަރާ ދުރުހެލިވުމަށް، ދުޅަހެޔޮ ދިރިއުޅުމެއް ހިޔާރު ކުރުމަށް ރައީސް ސޯލިހު ގޮވާލައްވައިފި

އިބްރާހިމް ޒަކީ

ކެންސަރާ ދުރުހެލިވުމަށް، ދުޅަހެޔޮ ދިރިއުޅުމެއް ހިޔާރު ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ދިވެހި ރައްޔިރުންނަށް ގޮވާލައްވައިފި އެވެ.

ރައީސުލް ޖުމްހޫރިއްޔާ މިކަމަށް ގޮވާލައްވާފައިވަނީ، މިއަދު ފާހަގަ ކުރަމުން އަންނަ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހުގެ މުނާސަބަތުގައި، ކުރެއްވި ޓްވީޓެއްގަ އެވެ.

އެމަނިކުފާނު މި ޓްވީޓް ކުރައްވާފައިވަނީ، "ކެންސަރާ ދުރުހެލިވުމަށް ދުޅަހެޔޮ ދިރިއުޅުމެއްް ހިޔާރު ކުރުމަށް ރައްޔިތުންނަށް ބާރުއަޅަން،"ކަމަށް ވިދާޅުވެ ލިޔެފައިވާ ލިޔުމެއް ހިއްޕަވައިގެން ހުންނެވި ފޮޓޯ ފުޅަކާ އެކުގަ އެވެ.