މާލޭ ޕޯޓް އޭރިއާގެ 11 ސަރަހައްދެއްގައި ޓްރާންސްޕޯޓު އޮތޯރިޓީއިން ނެވިގޭޝަން ލައިޓް ހަރުކޮށްފި އެވެ.
ޓްރާންސްޕޯޓު އޮތޯރިޓީން ވަނީ މިއަދު ކުރެއްވި ޓުވީޓެއްގައި މި ލައިޓުތައް މި ހަފްތާއިން ފެށިގެން ބޭނުންކުރަން ފަށައިފައިވާ ކަމަށް ބުނެފައެވެ.
ޓްރާންސްޕޯޓުން މައުލޫމާތުދޭ ގޮތުގައި މި ނެވިގޭޝަން ލައިޓުތަކަކީ މާލޭ ޕޯޓް އޭރިއާއަށް އާގު ބޯޓުތަކުގެ އިތުރުން އެތެރޭގެ ދަތުރުތަކުގައި ބޭނުން ކުރާ އުޅަނދު ފަހަރު ވަދެ ނުކުމެ ހެދުމަށްޓަކައި ހަރުކޮށްފައިވާ ލައިޓުތަކެކެވެ.