އައްޑޫ ސިޓީ މަރަދޫ ފޭދޫ ގެއެއްގެ ދެވަނަ ބުރީން ވެއްޓި އަނިޔާވި ކުއްޖާގެ ހާލު ރަނގަޅު ކަމަށް އައިޖީއެމްޗުން ބުނެފިއެވެ.
އައިޖީއެމްއެޗުގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު މުފީދު މިއަދު "ވަން އޮންލައިން"އަށް ވިދާޅުވީ އައްޑޫ ސިޓީގެ ގެއެއްގެ އިމާރާތުން ވެއްޓި އަނިޔާވި ކުއްޖެއް ހުކުރު ދުވަހުގެ ރޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
ކުޑަކުދީންގެ ވޯޑުގައި ބާއްވައިގެން އެ ކުއްޖާއަށް މިހާރުވެސް ފަރުވާ ދެމުން އަންނަ ކަމަށް މުފީދު ވިދާޅުވިއެވެ. އެކުއްޖާގެ ހާލު މިހާރު ރަނގަޅު ނަމަވެސް ޑިސްޗާޖު ކުރާނެ ދުވަހެއް އަދި ނޭނގޭ ކަމަށް މުފީދު ވިދާޅުވިއެވެ.