ޚަބަރު

މީޑިއާ ކައުންސިލްގެ މެންބަރެއްގެ ދައުރު ހަމަވާތީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އަހުމަދު ޖައިޝަން

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މީޑިއާގެ ތަމްސީލުކުރާ މެންބަރެއްގެ ދައުރު ހަމަވާތީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މީޑިއާ ފަޅިން ކައުންސިލުގައި ތަމްސީލުކުރައްވާ ރާއްޖެޓީވީގެ އަލީ ޔޫސުފުގެ ދައުރު އަންނަ އަންގާރަ ދުވަހު ހަމަވާތީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

މީޑިއާ ކައުންސިލަކީ ޖުމްލަ 15 މެމްބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެކެވެ. އެއީ މީޑިއާ ފަޅީން އަށް މެންބަރުންނާއި އާންމުންގެ ތެރެއިން އިންތިޚާބު ކުރާ ހަތް މެންބަރުންނެވެ.

އަލީ ޔޫސުފް ފިޔަވައި އެ ކައުންސިލުގައި ތިބޭ މެންބަރުން އިންތިހާބު ކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 15ވަނަ ދުވަހުއެވެ.

ހޯމް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ހުސްވެފައިވާ މެންބަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 13ގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށެވެ.