ޚަބަރު

ނ. ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާލައިފި

ނ. ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފި އެވެ.

މި އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހު އެމްޓީސީސީން ފެށި އެ މަސައްކަތް ނިންމާލާފައިވަނީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު ކަމަށް އެ ކުންފުނީން ބުނެ އެވެ.

ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ކޮނުމަށްފަހު ބިންގަނޑު އެއްވަރުކުރަން 5000 ކިއުބިކް މީޓަރުގެ ވެލި ބޭނުންކޮށްފައިވާއިރު، 25 މީޓަރުގެ ގްރޮއިންސް ޖެހުމާއި، 235 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 235 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯޓެކްސްޓައިލްސް ވަނީ ޖަހާފަ އެވެ.

ޕްލޭނިން މިނިސްޓްރީން އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ، ފަސް މިލިއަން ރުފިޔާ އަށެވެ.