ޚަބަރު

ފުވައްމުލަކުގައި ފަތުރުވެރިއަކު އިސްލާމް ވެއްޖެ

2

ފުވައްމުލަކުގައި ފަތުރުވެރިއަކު އިސްލާމް ވެއްޖެ އެވެ.

ފުވައްމުލަކުގެ ހަބަރުތައް ޝާއިއު ކުރުމަށް ހާއްސަ ކޮށްގެން ނެރެމުން އަންނަ ފުވައްމުލަކު ޓައިމްސްގައި ބުނެފައިވަނީ، އިސްލާމް ވެފައިވަނީ، ޕްރާންސްގެ ފަތުރުވެރިއެއް ކަމަށެވެ.

ޖެސިކާ ކިޔާ މި އަންހެން ފަތުރުވެރިޔާއަކީ، އެކި ފަހަރުމަތިން ޑައިވިން ކުރުމަށް އެސިޓީއަށް ޒިޔާރަތްކުރާ މީހެއް ކަމަށްވެސް އެ ނޫހުން ބުނެފައިވެ އެވެ.

ޓައިމްސްގައި ބުނެފައިވާ ގޮތުގައި، ޖެސިކާ އިސްލާމްވުމުގެ ގޮތުން ޝަހާދަތް ކިޔައި އިސްލާމް ދީން ގަބޫލުކުރީ ފުވައްމުލަކު ސިޓީގައި ހަރަކާތްތެރިވާ ދީނީ ޖަމިއްޔާއެއް ކަމަށްވާ ގާޑިއަން އެސޯސިއޭޝަންގެ އިސް މެންބަރުންގެ ހާޒިރުގައެވެ.

އަދި އޭނާ އިސްލާމްދީން ގަބޫލުކޮށް ޝަހާދަތުގެ ދެ ކަލިމަ ކިޔައި ހިތުން އެކަން ގަބޫލުކުރީ ދީނީ އިލްމުވެރިއެއް ކަމަށްވާ ޝައިޚް ސިނާނުގެ ހާޒިރުގައެވެ. އަދި އިސްލާމް ދީން ގަބޫލުކުރުމަށްފަހު ދީނަށް ޝައުގުވެރިވި ގޮތް ވަރަށް ތަފްސީލުކޮށް އޭނާ ކިޔާ ދިނެވެ.

ފުވައްމުލައް ޓައިމްސްގައި ބުނެފައިވަނީ، ފުވައްމުލަކު ކުއްޖަކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށެވެ. އަދި ވަރަށް އަވަހަށް ކައިވެނި ކުރުމަށް އެ ދެމީހުން ތައްޔާރު ވަމުން އަންނަ ކަމަށްވެސް ނޫހުން ބުނެފައިވެ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟