ޝަހީދާ އަބްދުﷲ ސައީދު
ގަވައިދާ ޚިލާފުވާ ފަރާތްތައް، ގަވައިދަށް ތަބާ ކުރުވަން ހަރުކަށި އަދަބު ދެވެން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ނިޒާރު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަސްތުވުން ހުއްޓުވަން ނުބޯށޭ ބުނެ، އެކްސިޑެންޓް ހުއްޓުވަން ބަލައިގެން ދުއްވަން ހަމައެކަނި ބުނުމަކުން ދައުލަތުގެ ވާޖިބު ނިންމާ ނުލެވޭ ކަމަށެވެ. އެހެންކަމުން ގަވައިދަށް ތަބާ ކުރުވަން ހަރުކަށި އަދަބު ދެވެންޖެހޭ ކަމަށް ނިޒާރު ވިދާޅުވިއެވެ.
މާލެއާއި ހުޅުމާލޭގައި ފަހަކަށް އައިސް ގިނަ އެކްސިޑެންޓްތަކެއް ހިނގައި ބައެއް މީހުންނަށް ވަނީ ބޮޑެތި އަނިޔާތައް ލިބިފަ އެވެ.