މިއަދު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އައްޑޫ ސިޓީއަށް ކަނޑުމަގުން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަނެފިއެވެ.
ފުލުހުންގެ އިންޓެލިޖަންސް އާއި އައްޑޫ ސިޓީ ހިތަދޫ ޕޮލިސްޓޭޝަނާ ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ވަނީ ހިތަދޫ ބަނދަރަށް އައި ބޯޓެއް ބަލާ ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި ފަސް ކެޕްސޫލް ފެނިފައެވެ.
މިމައްސަލައިގައި އަދި މީހަކު ހައްޔަރުކޮށްފައި ނުވާއިރު ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.