ޚަބަރު

ގެއްލިގެން ހޯދަމުންދިޔަ "ޔުނިޓީ" ދޯނި ފެނިއްޖެ

މަރިޔަމް ޝަހުދާ

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފް އިން ގެއްލިގެން ހޯދަމުން ދިޔަ "ޔުނިޓީ" ދޯނި ފެނިއްޖެ އެވެ.

13 މީހުންނާއެކު ހއ.ފިއްލަދޫއިން ޖެނުއަރީ 25ގައި މަހަށްފުރި މި ދޯނީގެ ހަބަރެއް ނުވެގެން އެމްއެންޑީއެފް އަށް އަންގާފައިވަނީ އިއްޔެ މެންދުރުގެ ވަގުތެއްގައެވެ. މި ދޯނި ފެނިފައި ވަނީ މިއަދު ހަވީރު 5:22 ހާއިރުއެވެ.

ހއ.ކެލާގެ އުތުރުން 30 މޭލު ބޭރުގައި މަސްވެރިކަން ކުރުމަށް އުޅުމަށްފަހު މިހާރު "ޔުނިޓީ" ދޯނި މާލެއަށް ދަތުރުކުރަމުން ދާކަމަށް ދޯނީގެ ވެރިފަރާތުންވަނީ އެމްއެންޑީއެފްއަށް މައުލޫމާތު ދީފައެވެ.