ހއ. ފިއްލަދޫން 13 މީހުންނާއެކު ޖަނަވަރީ 25 ވަނަ ދުވަހު މަހަށްފުރި "ޔުނިޓީ" ނަމަކަށް ކިޔާ ދޯންޏެއް ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހޯދަން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ، މި ދޯނީގެ ޚަބަރެއް ނުވެގެން އުޅޭކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ އިއްޔެ 14:10ހާއިރު ކަމަށެވެ.
މި ދޯނި ހުސްވި ޖެނުއަރީމަހުގެ 29 ވަނަ ދުވަހު ހއ. ކެލަޔާއި ދިމާ ބޭރުގައި މަސްވެރިކަންކުރުމަށް އުޅުނު ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މައުލޫމާތު ލިބިފައިވެއެވެ.
މިދޯންޏަކީ ދިގުމިނުގައި 30 މީޓަރު ހުރި، ބޭރުގައި ގަދަނޫ ކުލައިގެ ދަވާދު ލާފައިވާ އަދި ހުދު ކުލައިގެ ގެގަނޑެއް ލާފައިވާ ދޯންޏެކެވެ.
މި ދޯންޏާ ބެހޭ މައުލޫމާތެއް ލިބޭތޯ ބައްލަވައިދެއްވުމަކީ ކޯސްޓްގާޑްގެ ވަރަށް ބޮޑުއެދުމެކެވެ.
އަދި ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވައި ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުމަށާއި، ފެކްސް ކުރައްވާނަމަ 3391665 މިނަމްބަރަށް ފެކްސް ކުރުމަށްވެސް ކޯސްޓްގާޑުން ވަނީ އެދިފަ އެވެ.