ޚަބަރު

ސްކޫލް ކުދިންނަށް ހާއްސަ ޕްރޮމޯޝަނެއް ޕާސަނަލް ކޮމްޕިއުޓާސް އިން ފަށައިފި

ރިފާ ހަލީލު

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާ ދިމާކޮށް ޕާސަނަލް ކޮމްޕިއުޓާސް އިން ސްކޫލް ކުދިންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ޕާސަނަލް ކޮމްޕިއުޓާސްގެ ބިޒްނަސް ޑިވެލޮޕްމަންޓް، އިނާޝް އަލީ އިސްހާގު "ވަން" އަށް ވިދާޅުވީ، މި ޕްރޮމޯޝަނަކީ އުރީދޫ އާއެކު ހަދާފައިވާ ޕާޓްނާޝިޕްގެ ދަށުން ފަށައިފައިވާ ފުރަތަމަ ޕްރޮމޯޝަން ކަމަށެވެ.

ކޮވިޑުގެ ހާލަތާ ގުޅިގެން ސްކޫލްތަކަށް ހާޒިރު ކުރުމުގެ ބަދަލުގައި ގިނަގިނައިން ކުލާސްތައް ކުރިއަށް ގެންދަނީ އޮންލައިން ކޮށް ކަމަށްވާތީ ދަރިވަރުންނާއި ބެލެނެވެރިންނަށް މި ޕްރޮމޯޝަންގެ ދަށުން ލުއިތަކެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މި ޕްރޮމޯޝަންގެ ތެރޭގައި ހިމެނޭ ލެޕްޓޮޕް ތަކާއެކު މައިފައި ރައުޓަރެއް ހިލޭ ލިބޭނެ ކަމަށާއި މި ރައުޓަރަށް ރީޗާޖް ކުރާ ކޮންމެ މަހަކު 20 ޖީބީގެ ޑޭޓާ ބޯނަސް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮވިޑުގެ ހާލަތާ ގުޅިގެން ގިނަފަހަރު ކުލާސްތައް މި ގެންދަނީ އޮންލައިންކޮށް. ވަރަށް ބޮޑަށް އިންޓަނެޓަށް ބަރޯސާވެފައި. ދެން ސްކޫލްތައް ހުޅުވޭއިރުވެސް ކުދިންގެ ކިޔެވުމުގެ އެކި ކަންކަމުގައި އިންޓަނެޓް ވަރަށް ބޮޑަށް ބޭނުންވާނެ. އެހެންވެ އަޅުގަނޑުމެން އުރީދުއާ އެކު ހެދިފައިވާ ޕާޓްނާޝިޕްގެ ތެރެއިން މި ޕްރިމޯޝަންގެ ތެރޭގައި ހިމެނޭ ލެޕްޓޮޕް ތަކާއެކު އުރީދޫގެ މައިފައި ރައުޓަރެއް މިދެނީ ހިލޭ. ދެން މީގެ ހާއްސަ ކަމަކީ މިއަށް މިސާލަކަށް 10 ޖީބީ އަޅައިފިއްޔާ އިތުރު 20 ޖީބީ ޑޭޓާ ބޯނަސް ލިބިގެންދާނެ. އެއް އަހަރު ދުވަސް ވަންދެން މިގޮތަށް ކޮންމެ މަހަކު ކުރާ ރީޗާޖަކަށް 20 ޖީބީ ބޯނަސް ޑޭޓާ ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

މި ޕްރޮމޯޝަންގެ ތެރޭގައި ހިމެނޭ ލެޕްޓޮޕްތައް:

އިނާޝް ވިދާޅުވީ މި ޕްރޮމޯޝަންގެ ދަށުން ގަންނަ ލެޕްޓޮޕާއެކު ބެލެނެވެރިންނަށް ދަރިވަރުން އިންޓަނެޓް އިން ކުރާބޭނުން ބަލާލުމަށާއި ރައްކާތެރިކޮށް އިންޓަނެޓް ބޭނުންކުރުމަށް ހަދާފައިވާ ހާއްސަ ސޮފްޓްވެއާ "ނެޓް ނެނީ" ގެ އެކްސްޓެންޑެޑް ޓްރައިއަލް އެއްވެސް ހިލޭ ލިބޭނެ ކަމަށެވެ. އެހެންކަމުން ދަރިވަރު އިންޓަނެޓް ބޭނުންކުރަނީ ކޮންކަމެގައްތޯ އާއި ވަންނަ ސައިޓުތައް ބެލެނެވެރިޔާ އަށް ފޯނުގެ ޒަރިއްޔާއިން ބެލޭނެ ކަމަށްވެސް ވިދާޅުވި އެވެ.

މީގެ އިތުރުން މި ޕްރޮމޯޝަނަކީ ހުރިހާ ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެ ޕްރޮމޯޝަނެއް ކަމަށް އޭނާ ވިދާޅުވި އެވެ. މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ މި ޕްރޮމޯޝަނަށް ހާއްސަ ކޮށްފައިވާ ލެޕްޓޮޕްތައް ހުސްވަންދެން ކަމަށް ޕާސަނަލް ކޮމްޕިއުޓާސް އިން ބުންޏެވެ.