ސިއްރު ފެން ފުށި ރިސޯޓްގައި އިމާރާތަކުން ވެއްޓި، ދިވެއްސަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ އެމީހާ މަރުވެފައިވަނީ، އެ ރިސޯޓްގެ އިމާރާތުގައި މަސައްކަތްތަކެއް ކުރަމުންދަނިކޮށް، އިމާރާތުން ވެއްޓި އަނިޔާވުމުން ފަރުވާދިނުމަށް ހދ. ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންދިއުމުން އެ ހޮސްޕިޓަލްގައި ކަމަށެވެ.
އެއީ 22 އަހަރުގެ މީހެއް ކަމަށްވެސް ފުލުހުން މައުލޫމާތު ދިނެވެ.
ފުލުހުން ބުނީ އެކަމުގެ މައުލޫމާތު ލިބުނީ މިއަދު 11:30 އެހާކަންހާއިރު ކަމަށެވެ.
ނަމަވެސް އެއީ ކޮންރަށެއްގެ ކާކު ކަމެއް އަދި ފުލުހުން ނުބުނެ އެވެ.
އެ ހާދިސާ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.