ޚަބަރު

ދަރުސްތަކަށް ހުރަސް އަޅަނީއޭބުނެ ފިތުނަ ނު އުފެއްދުމަށް ހަނދާންކޮށްދެން: ޝެއިހު އިލިޔާސް

އިބްރާހިމް ޒަކީ

3

ދަރުސްތަކަށް ހުރަސް އަޅަނީއޭބުނެ ފިތުނަ ނު އުފެއްދުމަށް ދަރުސްތައް އިންތިޒާމުކުރާ ފަތާތްތަކަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް އިލްޔާސް ހުސެއިން ހަނދާން ކޮށްދެއްވައިފި އެވެ.

ޝެއިޚް އިލިޔާސް މިކަމަށް ހަނދާން ކޮށްދެެއްވާފައި މިވަނީ، ދީން ހިމާޔަތް ކުރުމުގެ މައުލޫއުގެ ދަށުން ޖަމިއްޔަތުއްސަލަފުން ރޭ ބާއްވަން އުޅުނު ފޯރަމް، ސަރުކާރުން ހުއްޓުވީކަމަށް އެ ޖަމްއިއްޔާއިން ބުނެފައި ވަނިކޮށެވެ.

ޝެއިޚް އިލިޔާސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮންމެ ކަމެއްގައިވެސް ކަނޑައެޅިފައިވާ އުސޫލުތަކާއި، ގަވާއިދުތަކަށް އިހުތިރާމްކޮށް ތަބާވުމަކީ އެންމެންގެ ވާޖިބެއް ކަމަށެވެ.

"ކޮންމެ ކަމެއްކައިވެސް ކަނޑައެެޅިފައިވާ އުސޫލުތަކާއި، ގަވާއިދުތަކަށް އިހުތިރާމްކޮށް ތަބާވުމަކީ އެންމެންގެ ވާޖިބެއް. އެ އުސޫލުތަކާއި ހިލާފު ވުމުން ފިޔަވަޅު އެޅުމުން، ދަރުސްތަކަށް ހުރަސް އަޅާނީއޭ ބުނެ ފިތުނަ ނުއުފެއްދުމަށް ދަރުސްތައް އިންތިޒާމުކުރާ ފަތާތްތަކަށް ހަނދުމަ ކޮށްދެން،" ޝައިޚް އިލިޔާސް ވިދާޅުވި އެވެ.

ރޭ 08:45ގައި އަރަބިއްޔާ ސްކޫލުގައި ސަލަފު ޖަމިއްޔާއިން ބާއްވަން ހަމަޖެއްސި ފޯރަމް ހުއްޓުވި މައްސަލައިގައި، ނުރުހުން ފާޅުކޮށް ސަލަފް ޖަމިއްޔާއިން ބުނިގޮތުގައި، މިނިސްޓްރީން ފޯރަމް ހުއްޓުވާފައި ވަނީ އެ މިނިސްޓްރީން ނަގަން ޖެހޭކަމަށް ބުނާ ހުއްދައެއް ނުނަގައި ފޯރަމް ބާއްވަން އުޅުމުގެ ބަހަނާގައެވެ.

އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު ރޭ ވިދާޅުވި ގޮތުގައި، ކުރީގެ ސަރުކާރުތަކުންވެސް ދީނީ ދަރުސް ދިނުމުގެ ކުރިން، އުސޫލާ އެއްގޮތަށް ޖަމްއިއްޔާ ތަކުންނާއި، ޝައިޚުން އައީ ހުއްދަ ނަގަމުންނެވެ.

އަދި ރޭގެ ދަރުސަށް ހުއްދަ ނެގުމަށް، މިނިސްޓްރީން ތަކުރާރުކޮށް ސަލަފް ޖަމިއްޔާއަށް ހަނދާންކޮށްދިނުމުންވެސް އެކަން ނުކޮށް، ރޭ ސަލަފުން ބާއްވަން އުޅުނު ދަރުސް އަމިއްލައަށް ކެންސަލް ކުރީ ކަމަށާއި އެކަމާ ހިތާމަ ކުރައްވާކަމަށްވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟