ވިލިމާލެ ސާފުކުރުމުގެ ޕްރޮގްރާމް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު މިއަދު ހެނދުނު ފައްޓަވައިދެއްވައިފިއެވެ.
''ސާފު ރާއްޖެ އަހަރެންގެ ޒިންމާ'' މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ މިހަރަކާތް ވިލިމާލޭގައި ފަށާފައިވަނީ މިއަދު ހެނދުނު 8:30 ގައެވެ. މިމަސައްކަތް ފަށާފއިވަނީ ވިލިމާލޭ ޕޮލިސް ސްޓޭޝަނާ ދިމާ ގޮނޑު ދޮށުންނެވެ.
މިހަރަކާތުގައި މާލޭ ސިޓީ ކައުންސިލާއި ވިލިމާލޭ ފުލުހުންނާއި އަދި ވެމްކޯގެ މުވައްޒަފުންގެ އިތުރުން އާންމުންގެ ބައެއް ފަރާތްތަކުން ބައިވެރިވިއެވެ.