ޓްރާސްޕޯޓް މިނިސްޓްރީން ގަބޫލުކުރާ ގައުމުތަކުން ދޫކޮށްފައިވާ ސައްހަ ލައިސެންސެއް އޮތް މީހުންނަށް އިމްތިހާން ހެދުމަކާ ނުލައި ދާއިމީ ލައިސެންސް ދިނުމަށް ހަމަޖައްސާފައިވާ ގައުމުތަކުގެ ލިސްޓު އެ މިނިސްޓްރީން މިއަދު އާންމުކޮށްފިއެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެނައި ހަތަރުވަނަ އިސްލާހާއެކު، އެ ގާނޫނުގެ 33 ވަނަ މާއްދާގެ (ނ) އަދި (ހ)ގެ ދަށުން ޓްރާންސްޕޯޓް މިނިސްޓްރީން ގަބޫލުކުރާ ގައުމުތަކުން ދޫކޮށްފައިވާ ސައްހަ ލައިސެންސެއް އޮތް މީހުންނަށް އިމްތިހާން ހެދުމަކާ ނުލައި ދާއިމީ ލައިސެންސް ދިނުމަށް އެ އޮތޯރިޓީއަށް އިހުތިޔާރު ދީފައިވެއެވެ.
މިނިސްޓްރީން ވަނީ އެ އިހުތިޔާރުގެ ދަށުން އިމްތިހާން ހެދުމަކާ ނުލައި ދާއިމީ ލައިސެންސް ދޫކުރުމަށް 25 ގައުމެއްގެ ނަން ހިމަނައިފައެވެ.