ވައި ގަދަވުމުގެ ސަބަބުން އއ. ރަސްދޫ މިސްކިތުގެ މުންނާރު ވެއްޓިއްޖެއެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ވައި ގަދަވުމުގެ ސަބަބުން ރަސްދޫ މިސްކިތުގެ މުންނާރު ވެއްޓިފައިވާ ކަން "ވަން"އަށް އެ ރަށު ކައުންސިލްގެ ރައީސް އަބްދުލްޖަލީލް މޫސާ ވަނީ ކަށަވަރުކޮށްދެއްވައިފައެވެ.
ރަސްދޫ ކައުންސިލްގެ ރައީސް ވިދާޅުވީ އެ ރަށު މިސްކިތުގެ މުންނާރު ވެއްޓުނީ މިއަދު މެންދުރުފަހު 1:50 ހާއިރު ކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ވެފައި ނުވާ ކަމަށެވެ.
ދާދި ފަހުން އެ ރަށުގައި ތަރައްގީކުރި މިސްކިތުގެ މުންނާރު ވެއްޓުމާ ގުޅިގެން އެކަން މިސްކިތް ބަލަހައްޓަމުންދާ ޔުނިވާސްލްއަށް އަންގާފައިވާ ކަމަށް އަބްދުލްޖަލީލް މޫސާ ވިދާޅުވިއެވެ.