ޚަބަރު

ކާރެއް ކޮންޓްރޯލްނުވެ ގޮސް ރުކަކަށް އަރައި ގެއްލުންވެއްޖެ

ރިފާ ހަލީލު

1

ރަސްފަންނު ކައިރީ ބޭރު މަގުން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ އައިޖީއެމްއެޗް ކެންޓީނު ކައިރީގައި ހުރި ރުކެއްގައި ޖެހި އެކްސިޑެންޓް ވެއްޖެ އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 9:50 ހާއިރު ކަމަށެވެ. އެކްސިޑެންޓުގައި މީހަކަށް އަނިޔާނުވާ ކަމަށްވެސް ބުންޏެވެ.

އެކްސިޑެންޓްވި ކާރުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު ފޮޓޯތަކުން ފެންނަ ގޮތުގައި އެ ކާރުގެ ކުރިމަތީ ބައި ވަނީ އެއްކޮށް ހަލާކުވެފަ އެވެ.

ފުލުހުން ބުނީ މިކާރު މިހާރު ޓޯ ކޮށްފައިވާއިރު ކާރު ދުއްވަން އިނީ ލައިސެންސް ނެތް އުމުރުން 21 އަހަރު ދިވެހި ފިރިހެނެއް ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟