ޚަބަރު

ޕީޕީއެމް އާއި ކޮންގްރެސް ޕާޓީ ކޯލިޝަން ހަދަން އެއްބަސްވެއްޖެ

އަހުމަދު ޖައިޝަން

2

ޕީޕީއެމް އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީީ) ނުވަތަ ކޮންގްރެސް ޕާޓީ ގުޅިގެން މަސައްކަތް ކުރުމަށް ކޯލިޝަން ހެދުމަށް އެއްބަސްވެއްޖެ އެވެ.

އެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެވެ.

އެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ނޫސްވެރިންނަށްނަށް މައުލޫމާތު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ ކޮންގްރެސް ޕާޓީއާއި ޕީޕީއެމް އަކީ ހަގީގަތުގައި އެއް މަސައްކަތެއް ކުރާ އެއް މިސްރާބަކަށް ދަތުރުކުރާ ޕާޓީއެއް ކަމަށެވެ.

"މިރޭ ދެ ޕާޓީގެ މެދުގައި އެއްބަސް ވެވުނީ ސިޔާސީގޮތުން ރަސްމީކޮށް ކުރަން ޖެހޭ ކަމެއް ކުރީ. އެހެންނަމަވެސް މި ޕާޓީ އުފެދުނީވެސް ދެ ޕާޓީ ގުޅިގެން މަސައްކަތް ކުރަން،" ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިރޭ ސޮއިކުރެވުނު އެއްބަސްވުމަކީ ސިޔާސީ ދެ ޕާޓީގެ މެދުގައި ރައްޔިތުންގެ މަސްލަހަތު ދެމެހެއްޓުމަށް ސޮއިކުރެވުނު އެންމެ ވަރުގަދަ އެއްބަސްވުން ކަން ގަބޫލުކުރައްވާ ކަމަށެވެ.

"ދެ ޕާޓީންވެސް މަސައްކަތް މިކުރަނީ އަޅުގަނޑުމެން ދެކޭ އުސޫލުތަކެއް ދަމަހައްޓަން. އެއީ ގައުމިއްޔަތާއި ދީނާއި ރައްޔިތުންނަށް މުހިއްމުވާ ކަންތައްތައް ދަމަހައްޓަން،" ރައީސް ޔާމީން ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟