ޚަބަރު

އަބްދުﷲ ކަމާލުއްދީން ފޮނަދޫ ދާއިރާއަށް

އަހުމަދު ޖައިޝަން

ކުރީގެ މިނިސްޓަރު އަބްދުﷲ ކަމާލުއްދީން، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާއަށް ކުރިމަތިލާން ނިންމައިފިއެވެ.

ކަމާލުއްދީން ފޮނަދޫ ދާއިރާއަށް ކުރިމަތިލައްވާނެ ކަމަށް ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓުގައި ކަމާލުއްދީން ވިދާޅުވީ ރައީސް މައުމޫން އަބްދުލް ގައްޔޫމު އިއުލާނުކޮށްދެއްވި ކަމަކީ ލިބިވަޑައިގަތް ޝަރަފެއް ކަމަށެވެ.

އޭނާގެ މަސައްކަތް ބައްޓަންކުރައްވާނީ ރައްޔިތުންނާއި، ސަރުކާރާއި، ޕާޓީގެ އުންމީދުތައް ހާސިލްކޮށްދިނުމަށް ކަމަށް ކަމާލުއްދީން ވިދާޅުވިއެވެ.

ކަމާލުއްދީނަކީ ރައީސް މައުމޫންގެ ވެރިކަމުގައި ސަރުކާރުގެ ކެބިނެޓުގައި ހަރަކާތްތެރިވެފައިވާ ބޭފުޅެކެވެ. އޭގެއިތުރުން ޑީއާރުޕީއާއި ޖުމްހޫރީ ޕާޓީގައިވެސް މަސައްކަތް ކުރައްވާފައިވާ ކަމާލުއްދީން މައުމޫން ރިފޯމް މޫވްމެންޓާ ގުޅިވަޑައިންނެވީ މިދިޔަ އަހަރުގެ ޖޫން މަހުގައެވެ.