އައްޑޫ ސިޓީ މަރަދޫ ފޭދޫ ގެއެއްގެ ދެވަނަ ބުރީން ކުޑަކުއްޖެއް ވެއްޓި ސީރިއަސް އަނިޔާތަކެއް ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު "ވަން އޮންލައިން"އަށް ވިދާޅުވީ ކުޑަކުއްޖަކަށް އަނިޔާވެގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް މިއަދު ވަނީ ގެންގޮސްފައި ކަމަށެވެ.
އެގޮތުން މިއަދު 1507 ހާއިރު ޕޮލިހަށް ރިޕޯޓުކޮށްފައިވަނީ ފިރިހެން ކުއްޖަކަށް އަނިޔާ ލިބިގެން ކަމަށް މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ މީޑިިއާ ކޯޑިނޭޓަރު އަލީ މޫސާ "ވަން އޮންލައިން" އަށް ވިދާޅުވީ އުމުރުން ހަތް އަހަރުގެ ކުއްޖަކު އިމާރާތަކުން ވެއްޓި މިއަދު 1330 ހާއިރު ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.
އެކުއްޖާގެ ބޮލަށް އެކި ކަހަލަ ގެއްލުން ލިބިފައިވާއިރު އެ ކުއްޖާގެ ހާލު ސީރިއަސް ކަމަށް އަލީ މޫސާ ވިދާޅުވިއެވެ.
"އެހެންކަމުން އެކުއްޖާއަށް އިތުރު ފަރުވާ ދިނުމަށް މާލެއަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދަނީ. މިހާރު އާސަންދަވެސް ވަނީ ހަމަޖެހިފައި،" އޭނާ ވިދާޅުވިއެވެ.
ޗާޓަރު ފްލައިޓެއްގައި އެކުއްޖާ މާލެ ގެނައުމުގެ މަސައްކަތް ކުރާއިރު އެކުއްޖާއަށް އިތުރަށް ފަރުވާ ދިނުމަށް މިރޭ މާލެ ގެންނާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.