ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ފަސް އަހަރު ދިގު: ރައީސް ސޯލިހު

3

ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ފަސް އަހަރު ދިގު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

"ޖަޒީރާ ހޮޅުއަށި" ސިލްސިލާގެ ދެވަނަ ބައްދަލުވުމުގައި ރޭ ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ވެސް ފަސް އަހަރު ދިގު ކަމަށާއި އެއަށްވުރެ އަވަހަށް ރައްޔިތުން ކައިރިއަށް ދާން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑަށް ފަސް އަހަރު ދިގު، އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަން. އަޅުގަނޑަށް ރައްޔިތުންގެ މަޖިލީހުގެ ދައުރު ވެސް ދިގު، ފަސް އަހަރު. އެއަށްވުރެ އަވަހަށް ރައްޔިތުން ކައިރިއަށް ދާން ޖެހޭނެހެން އަޅުގަނޑަށް ހީވަނީ. މިކަމާ ދޭތެރޭ ވިސްނަވާލައްވާތި. މިއީ އަޅުގަނޑުގެ ހިޔާލަށް އަންނަ ކަމެއް. އަޅުގަނޑުމެން ގާނޫނު އަސާސީ ލިޔުނު އިރުގައިވެސް އެ މަޝްވަރާކުރެވުނު،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެންނަންޖެހޭ އިސްލާހު ވަރަށް ގިނަ ކަމަށާއި އެގޮތުން ކައުންސިލްތަކަށް ވީހާވެސް ބޮޑަކަށް ގާނޫނީ ބާރު ދޭން ބޭނުންވާ ކަމަށެވެ. އަދި ކައުންސިލްތަކަށް ގާނޫނީ ބާރު ލިބުނަސް، އޭގެ ޒާތުގައި މަސައްކަތްކުރާ ތަން ނުފެންނަ ކަމަށާއި މާލީ ފުދުންތެރިކަން ވެސް ލާމަރުކަޒީ ކުރެވެން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟