ޚަބަރު

ނާދިރާ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރައްވަން ނިންމަވައިފި

އެމްއާރްއެމްގެ ލީޑާޝިޕުގައި މަސައްކަތްކުރައްވަމުން ގެންދަވާ އާމިނަތު ނާދިރާ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ގަލޮޅޫ ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަން ނިންމަވައިފި އެވެ.

ނާދިރާ މިކަން އިއުލާނުކުރެއްވީ މީގެ އިރުކޮޅެއް އޭނާ ކުރެއްވި ޓުވީޓެއްގަ އެވެ.

"ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ގަލޮޅު ދެކުނު ދާއިރާއަށް ކުރިމަތިލާން އަޅުގަނޑު ނިންމައިފިން. އަޅުގަނޑު ދާއިރާގެ ރައްޔިތުންގެ އަޑު އަހާނަން. އަދި އެއަޑު އިއްވައިދިނުމުގައި ސާބިތުކަމާ އެކު ހުންނާނަން." ނާދިރާގެ ޓުވީޓުގައި ވިދާޅުވި އެވެ.

ނާދިރާގެ މި ޓުވީޓާ ގުޅިގެން ކުރީގެ ރައީސް، ރައީސް މައުމޫން ވަނީ ނާދިރާއަށް މަރުހަބާ ވިދާޅުވެ ޓުވީޓު ކުރައްވައިފަ އެވެ.

"ވަރަށް ބޮޑަށް މަރުހަބާ. އިރާދަކުރެއްވިއްޔާ ފުރިހަމަ ކާމިޔާބީއެއް ލިބިވަޑައިގަންނަވާނެ." މައުމޫނުގެ ޓުވީޓުގައި ވިދާޅުވި އެވެ.