ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު މިއަދު ހެނދުނު އޮތް "ޒީރޯ ޕްލާސްޓިކް" ދުވުމުގައި ބައިވެރިވެވަޑައިގެންފި އެވެ.
މިއަދު ހުޅުމާލޭގައި ކުރިޔަށް ގެންދިޔަ ދުވުމުގެ އެ ހަރަކާތުގައި ރައީސް އަދި އެމަނިކުފާނުގެ އަނބިކަނބަކުންގެ އިތުރުން، ނައިބު ރައީސް ފައިސަލް ނަސީމާއި ކެބިނެޓުގެ ބައެއް ވަޒީރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ގިނަ އަދަދެއްގެ އާންމުވެސް އެ ހަރަކާތުގައި ބައިވެރިވި އެވެ.
އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުގެ ސަބަބުން ތިމާވެށްޓަށް ލިބޭ ގެއްލުންތަކާ މެދު ހޭލުންތެރިކަން އުފެއްދުމުގެ މަގުސަދުގައި ބޭއްވި އެ ދުވުމުގެ ހަރަކާތަކީ އައިސީއެސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދިޔަ ހަރަކާތެކެވެ.
އެ ހަރަކާތުގެ ތެރެއިން ދުވުމުގެ ބައިވެރީން ވަނީ އެކި ސަރަހައްދުތަކަށް އުކާލައިފައި ހުރި ޕްލާސްޓިކް ކުނި ނަގައި އެއްކޮށްފަ އެވެ.