މޭގަން މާކަލްގެ ދިރިއުޅުމުން ދުވަހެކެވެ. ނަމަވެސް ފޭނުންނަށް މުޅި ވޯޑްރޯބް މިނިމަލް ފެޝަނަށް ބަދަލު ކުރުމަށް ލިބުނު އިތުރު ހިތްވަރެކެވެ.
މޭގަން މިވަނީ ލަންޑަންގެ ޔުނިވާސިޓީއަށް އިހްތިރާމްގެ ޒިޔާރަތެއްކޮށްފައެވެ. ޝާހީ ގަނޑުވަރުން ދެކޭ ގޮތުގައި މޭގަން އަކީ ކިޔެވުމަށް ބާރު އެޅުމަށް ނަމޫނާ އެޑްވޮކޭޓެކެވެ.
ޔުނިވާސިޓީއަށް މޭގަން ދިޔައީ ޓޮޕަކާ ސްކާޓަކާ ކަޅު ކުލައިގެ ޖިވާންޗީ ކޯޓެއް ލައިގެންނެވެ. އިސްތަށިގަނޑު ހުރީ މައްޗަށް ހުޅިއެއް ޖަހައިލައިފައެވެ.
މީގެ އަހަރުތަކެއް ކުރިން ބޮލުގައި ހުޅި ޖެހުން ޓްރެންޑީ ވެފައި އޮތް ނަމަވެސް، މި ފަހަކަށް އައިސް ކެޝުއަލް ހުޅި އާންމުކޮށް އިވެންޓްތަކަށް ޖަހައި ނުހަަދައެވެ.
މޭގަން އެދުވަހު ލާފައި ހުރި ކޯޓަކީ މިދިޔަ ނޮވެމްބަރު މަހު ރިމެންބަރަންސް ޑޭގައި ވެސް އޭނާ ލައިގެން ހުރި ކޯޓެކެވެ.