ގދ. ނަޑެއްލާއަށް މިއަދު ނޫނީ މާދަމާގެ ވަގުތެއްގައި އަލުން އެންބިއުލާންސެއް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ވިދާޅުވެއްޖެއެވެ.
ފިރުޝާން ވިދާޅުވީ، ޝަރުކާރުން ނަޑެއްލާއަށް ފޮނުވުމަށް ހަމަޖައްސާފައިވާ އެމްބިއުލާންސް އަމިއްލަ ފަރާތެއްގެ އެހީގައި މިއަދު ނޫނީ މާދަމާގެ ވަގުތެއްގައި މާލެއިން ފުރުވާލެވޭނެ ކަމަށެވެ.
"މިކަމަށްޓަކައި ސަރުކާރަށް ޝުކުރު ދަންނަވަން. އަދި ނަޑެއްލާގެ ރައްޔިތުންނަށް ކެތްތެރިކަން ދެއްވުމަށާއި ރަައްކާތެރިކަން ދެއްވުން އެދި ދުއާ ދަންނަވަން،" ފިރުޝާން ވިދާޅުވިއެވެ.
ނަޑެއްލާގައި އެމްބިއުލާންސްގެ ހިދުމަތް މެދުކެނޑިފައި އޮންނަތާ މިވަނީ ދެ އަހަރަށް ވުރެ ގިނަ ދުވަސްވެފައެވެ.
ނަޑެއްލާގެ ކޮވިޑުގެ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި އެރަށުގެ އެމްބިއުލާންސެއް ނެތުމުން ބަލި މީހުން އުފުލުމުގައި ދަތިތަކާ ކުރިމަތިވާ ކަމުގެ ކަންބޮޑުވުން އެރަށުގެ ގިނަ ރައްޔިތުން ދަނީ ފާޅުކުރަމުންނެެވެ.