އިންޑިއާގެ ގައުމީ އެއާލައިން، އެއާ އިންޑިއާގެ ދަތުރުތަށް މުމްބާއީއާ ރާއްޖެއާ ދެމެދު އަލުން ފެށުމަށް ނިންމައިފި އެވެ.
ރާއްޖޭގެ ކޮވިޑް ހާލަތު މި ފަހުން ގޯސްވެ ދެކުނު އޭޝިއާގެ ފަތުރުވެރިން ރާއްޖެ އައުން މަނާކުރުމުން އެއާ އިންޑިއާއިން ރާއްޖެއަށް ކުރަމުން އައި ދަތުރުތައް ވެސް ހުއްޓާލި އެވެ.
އަނެއްކާ ވެސް ކޮވިޑްގެ ހާލަތު ރަނގަޅު ވެ ލުއިތައް ދިނުމާ އެކު އެއާ އިންޑިއާއިން ރާއްޖެއާ ދެމެދު ދަތުރު ކުރަން މިވަނީ ނިންމާފަ އެވެ. އެގޮތުން އަންނަ ހަފުތާގެ ބުދަ ދުވަހު މުމްބާއީއާ ރާއްޖެއާ ދެމެދު ދަތުރުތައް ފެށުމަށް އެއާ އިންޑިއާއިން ނިންމާފައިވާއިރު ކޮންމެ ހަފުތާއަކު ދެ ފްލައިޓް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ އެއާލައިނުން ވަނީ ބުނެފަ އެވެ. އެއީ ބުދަ ދުވަހާއި ހޮނިހިރު ދުވަހު އެވެ.
ރާއްޖޭގައި މި ފަހުން ކޮވިޑްގެ ހާލަތު ގޯސްވުމުގެ ކުރިން އެންމެ ގިނައިން ފަތުރުވެރިން އައި އެއް ގައުމަކީ އިންޑިއާ އެވެ. ބޮލީވުޑުގެ ގިނަ ތަރީންތަކަކާއި އެތަރީންގެ އާއިލާ ރާއްޖެ އައިސް ޗުއްޓީ ވަނީ ހޭދަކޮށްފަ އެވެ.