ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ރަޖިސްޓްރީ ކޮށްދިނުމަށް މިރޭ ޖަލްސާއެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
ވަން އޮންލައިން އަށް މައުލޫމާތު ދެމުން އިލެކްޝަން ކޮމިޝަނުގެ ނައިބު ރައީސް އަމްޖަދު ވިދާޅުވީ މިރޭ ރަސްމީކޮށް ކޮންގްރެސް ޕާޓީ ރަޖިސްޓަރ ކުރާނެ ކަމަށެވެ.
އަމްޖަދު ވިދާޅުވި ގޮތުގައި މިރޭ މިކަމަށް ހާއްސަ ހަފްލާއެއް އިލެކްޝަންސް ކޮމިޝަނުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.