ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އައު ޑިރެކްޓަރުންގެ ބޯޑު އެކުލަވާލައިފިއެވެ.
ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަނަކަށް އައްޔަނުކޮށްފައިވަނީ ޔޫޝައު ސައީދު، ހ. ސޭންޑީ ބީޗެވެ. މި މަގާމަށް ޔޫޝައު އައްޔަނުކުރީ ބީއެމްއެލްގެ 38 ވަނަ އަހަރީ އާންމު ޖަލްސާއަށް ފަހު ބޭއްވި ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައެވެ.
އާންމު ހިއްސާދާރުންގެ ފަރާތުން ބީއެމްއެލްގެ ބޯޑަށް އައްޔަނުކޮށްފައިވަނީ ނ. ހޮޅުދޫ ނެލުން، އިބްރާހިމް މުހައްމަދާއި ގ. އުފާ، އަހުމަދު މުހައްމަދެވެ.