ނައިބު ރައީސް ފައިސަލް ނަސީމް ހެލްތު މިނިސްޓްރީއަށް ޒިޔާރާތްކުރައްވައި އެތަނުގެ މަސައްކަތްތައް ކުރިއަށްދާގޮތް މިއަދު ބައްލަވައިލައްވައިފިއެވެ.
މިއަދު ހެނދުނު ނައިބު ރައީސް މިނިސްޓްރީއަށް ވަޑައިންނަވައި މިނިސްޓްރީގެ އިސް ވެރިންނާ ބައްދަލުކުރައްވައި މަސައްކަތްތައް ކުރިޔަށްގެންދިޔުމުގައި ދިމާވާ ގޮންޖެހުންތަކުގެ މައުލޫމާތު ވަނީ އޮޅުން ފިލުއްވައިފައެވެ.
ދައުލަތުގެ އެކި މުއައްސަސާތަކުގެ މަސައްކަތް ކުރިއަށް ދާގޮތުގެ މައުލޫމާތު ހޯއްދެވުމަށް ނައިބު ރައީސް ފައިސަލް ނަސީމް ގެންދަވަނީ އެ ތަންތަނަށް ޒިޔާރާތްކުރައްވަމުންނެވެ.