ޚަބަރު

"ރެހެންދި އެވޯޑްސް"އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އަހުމަދު ޖައިޝަން

ގައުމަށް ބޮޑެތި ހިދުމަތްތައް ކޮށްދީފައިވާ އަންހެނުންގެ އަގުވަޒަން ކުރުމުގެ ގޮތުން ޖެންޑާ މިނިސްޓްރީން ދޭ "ރެހެންދި އެވޯޑްސް"އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޖެންޑާ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން އަންނަ މަހުގެ 10ގެ ނިޔަލަށް އެ އެވޯޑަށް ކުރިމަތިލުވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެވޯޑަށް ކުރިމަތިލުމުގެ ގޮތުން އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުސަތާއި އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ ފުރުސަތުގެ އިތުރުން މުއައްސަސާ، އޮފީސް އަދި ކުންފުނިތަކުން ނަން ހުށަހެޅުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް އެ އިއުލާނުގައި ވަނީ ބުނެފައެވެ.

ރެހެންދި އެވޯޑް ދިނުމުގައި ކެޓަގަރީތައް ބަހާލާފައިވާނީ އާންމު ފަރުދުންނާއި މުއައްސަސާތަކުގެ ދާއިރާއިންނެވެ.

އެވޯޑަށް އެދި ހުށަހަޅާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތީގެ ތަފްސީލު ރެހެންދި އެވޯޑަށް ނަން ހުށަހަޅާ ފޯމުގައި ހިމަނާފައިވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.