ހުސްވި އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި 2.6 ބިލިޔަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވާ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.
އެކުނުްފުނީން ހާމަކޮށްފައިވާ ހުސްވި އަހަރުގެ ހަތަރުވަނަ ކުއާޓާގެ ތަފާސް ހިސާބުތަކުގައިވާ ގޮތުން، އިތުރުވި އާމްދަނީއާއެކު، ކުންފުނީގެ ފައިދާވެސް ވަނީ އިތުރުވެފަ އެވެ.
އެގޮތުން، ޓެކުހަށް ކެނޑުމަށްފަހު، ހަތަރުވަނަ ކުއާޓާގެ ފައިދާގެ ގޮތުގައި، 66 މިލިޔަން ރުފިޔާ ލިބިފައިވާއިރު، ޓެކުހަށް ކެނޑުމުގެ ކުރިން އެސްޓީއޯގެ ހަތަރުވަނަ ކުއާޓަރުގައި ފައިދާގެ ގޮތުގައި ލިބިފައި ވަނީ، 88 މިލިއަން ރުފިޔާއެވެ.
އެސްޓީއޯއިން ބުނި ގޮތުގައި، ޓެކުހަށް ކެނޑުމަށްފަހު ލިބުނު އާމްދަނީ ތިންވަނަ ކުއާޓަރާ އަޅައިބަލާއިރު 39 ޕަސެންޓު އިތުރުވެފައި ވެއެވެ.
އެސްޓީއޯއިިން ބުނީ ހަތަރުވަނަ ކުއާޓާގައި އާމްދަނީ އިތުރުވީ ތެލުގެ ވިޔަފާރިން ލިބުނު ފައިދާ އިތުރުވުމުން ކަމަށެވެ.
އެކުންފުނިން ވިއްކި ތެލުގެ އަދަދު އޭގެ ކުރީ ކުއާޓަރާ އަޅައިބަލާއިރު ވަނީ ހަ ޕަސެންޓު އިތުރުވެފައެވެ.