ޚަބަރު

ކައުންސިލަރުންގެ މައްޗަށް އަޅާފައިވާ ފިޔަވަޅުތައް ލުއިކުރަނީ

އަހުމަދު ޖައިޝަން

ކައުންސިލަރުންގެ މައްޗަށް އަޅައިފައިވާ ފިޔަވަޅުތައް ލުއިކޮށް، އެ ފަރާތްތަކުންގެ ހައްގުތައް އިޔާދަކުރުމަށް ލޯގަލް ގަވަންމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން ނިންމައިފިއެވެ.

ހޯމް މިނިސްޓަރު އަދި އެލްޖީއޭގެ ރައީސް އިމްރާން އަބްދުﷲ އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކައުންސިލަރުންގެ މައްޗަށް އަޅައިފައިވާ ފިޔަވަޅުތައް ލުއިކޮށް، އެބޭފުޅުންގެ ހައްގުތައް އިއާދަކުރުމަށް ނިންމުނު ކަމަކީ ވަރަށް އުފާކުރައްވާ ކަމެއް ކަމަށެވެ.

"މިއީ ލާމަރުކަޒީ ނިޒާމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިސްކަން ދޭ ކަމުގެ ހެއްކެއް،" އޭނާ ވިދާޅުވިއެވެ.

އަދި ކައުންސިލް މެންބަރުންނަށް މިނިސްޓަރު އިމްރާން ވަނީ މަރުހަބާ ދަންނަވައިފައެވެ.

ނިމިގެންދިޔަ ސަރުކާރުން ވަނީ ރާއްޖޭގެ އެކި ސަރަހައްދުގެ ކައުންސިލަރުން ސަސްޕެންޑުކޮށްފައެވެ. އަދި ކައުންސިލަރުންގެ މުސާރަވެސް ވަނީ ހިފަަހައްޓައިފައެވެ.