ޚަބަރު

އަމީނިއްޔާ ސްކޫލްގެ އިސްދަރިވަރުންގެ ބައްދަލުވުމުގައި ފަސްޓް ލޭޑީ ފަޒްނާ ބައިވެރިވެވަޑައިގެންފި

އަމީނިއްޔާ ސްކޫލްގެ އިސްދަރިވަރުންގެ ބައްދަލުވުމުގައި ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ބައިވެރިވެވަޑައިގެންފި އެވެ.

މިރޭ އަމީނިއްޔާ ސްކޫލްގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމަކީ އަމީނިއްޔާ ސްކޫލްގެ 75ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ހަރަކާތްތައް ރޭވުމާ ބެހޭގޮތުން ހިޔާލު ފާޅުކޮށް މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ. އެގޮތުން މި ބައްދަލުވުމުގައި އެކި ދުވަސްވަރު އަމީނިއްޔާ ސްކޫލުން ތައުލީމު ހާސިލްކުރި ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

މި ބައްދަލުވުމުގައި އަމީނިއްޔާ ސްކޫލްގެ އަލިމަސް ޔޫބީލް ފާހަގަކުރުމުގެ ގޮތުން ހުޅުވާލި ލޯގޯ މުބާރާތުގެ ނަތީޖާ ވަނީ އިއުލާނުކޮށްފައެވެ. އެގޮތުން ލޯގޯ މުބާރާތުން އެއްވަނަ ހާސިލް ކުރި ދަރިވަރަށް ވަނީ މެޑަމް ފަޒްނާ އިނާމު ހަވާލުކޮށްދެއްވާފައެވެ.