އަލަށް ހުޅުވި ފިންލެންޑް ސްކޫލަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ޒިޔާރަތްކުރައްވައިފި އެވެ.
މިއަދު ފިންލޭންޑް ސްކޫލަށް ނައިބު ރައީސް ކުރެއްވި ޒިޔާރަތުގައި ވަނީ އެ ސްކޫލްގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ. މީގެ އިތުރުން ނައިބު ރައީސް ވަނީ އެ ސްކޫލްގެ މެނޭޖްމަންޓާ ބައްދަލުކުރައްވައިފައެވެ. މި ބައްދަލުވުމުގައި އެ ސްކޫލުން ވަނީ ނައިބު ރައީސަށް ސްކޫލާ ބެހޭ ބައެއް މައުލޫމާތު އަރުވައިފައެވެ.
މީގެ އިތުރުން ނައިބު ރައީސް ވަނީ މިއަދު ނެޝަނަލް ޑްރަގް އެޖެންސީއަށް ވެސް ވަޑައިގަންނަވައިފައެވެ.
އެ މުއައްސަސާގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބެއްލެވުމަށް ކުރެއްވި މިޒިޔާރަތުގައި ނައިބު ރައީސް ވަނީ އެ މުއައްސަސާގެ މެނޭޖްމަންޓާ ބައްދަލުކުރައްވައިފައެވެ. މި ބައްދަލުވުމުގައި އެ މުއައްސަސާގެ މެނޭޖްމަންޓުން ވަނީ އެތަނުގައި މަސައްކަތްކުރުމަށް ހުރި އެކި ގޮންޖެހުންތައް ނައިބު ރައީސާ ހިއްސާކުރައްވައިފައެވެ.