ޚަބަރު

ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު ފަތުރުވެރިޔާގެ ހަށިގަނޑު މޫދުއަޑިން ފެނިއްޖެ

މިއަދު ޑައިވިން އަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ ފަތުރުވެރިޔާގެ ހަށިގަނޑު މޫދު އަޑިން ފެނިއްޖެ އެވެ.

އެމްއެންޑީއެފް އިން ދެންމެ ބުނީ ފީނަން ފޭބި ފަތުރުވެރިޔަކީ 57 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާގެ ހަށިގަނޑު ފެނިފައިވަނީ މިއަދު 16:26 ހާކަންކާއިރު ކަމަށެވެ.

އަދި އެމީހާގެ ހަށިގަނޑު ފެނިފައިވަނީ ކަނޑުގެ 29.3 މީޓަރު އަޑިން ކަމަށްވެސް އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ނައުޓިލަސް ޓޫ ކިޔާ ސަފާރީއަކުން ޑައިވިން އަށް ފޭބި އެ ފަތުރުވެރިޔާގެ ހަބަރެއް ނުވެގެން ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރުފަހު 1333 ހާއިރުގައެވެ.

އެމީހާ ގެއްލުނީ، ވ. އަތޮޅު އަލިމަތާ، އުތުރު ކަނޑު އޮޅިއަށް ޑައިވިން އަށް ފައިބާ އުޅެނިކޮށެވެ.

އެމްއެންޑީއެފުން ބުނީ އޭނާގެ ހަށިގަނޑު ފެނިފައިވަނީ އަލިމަތާ އެކުއާޓިކް ރިޒޯޓުގެ ޑައިވަރުންނާއި އެމްއެންޑީއެފް ކޯސްޓުގާޑުގެ އެހީއާއެކުގައި ކަމަށެވެ.

ނަމަވެސް އެއީ ކޮން ގައުމެއްގެ މީހެއްކަމެއް