ޚަބަރު

ފުލުހުން ތަހުގީގުކުރަމުން އަންނަ ދެ މައްސަލައެއްގައި ތިން މީހަކު ހޯދަނީ

އަހުމަދު ޖައިޝަން

ފުލުހުން ތަހުގީގުކުރަމުން އަންނަ ތަފާތު ދެ މައްސަލައަކާ ގުޅިގެން ތިން މީހަކު ހޯދަން ފަށައިފި އެވެ.

އެ ތިން މީހުންގެ ތެރެއިން ދެ މީހުންނަކީ ސައްހަ ނޫން އެމެރިކާ ޑޮލަރުތަކެއް މާރުކުރި މައްސަލައަކާ ގުޅިގެން ހޯދަމުން އަންނަ ދެމީހުން ކަމަށް ފުލުހުން ބުންޏެވެ. އަދި އަނެކަކީ ޕާކުކޮށްފައި ހުރި ސައިކަލުތަކެއްގެ މަޑީގައި ކަޓަރު އަޅާފައިވާ މައްސަލައެއްގައި ހޯދާ މީހެއް ކަމަށްވެސް ފުލުހުން ބުންޏެވެ.

ހޯދަމުން އަންނަ މީހުން ފެންނަ ވީޑިއޯތަކެއް ފުލުހުންގެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ވަނީ އާންމުކޮށްފައެވެ.

އެ މީހުންގެ އެއްވެސް މައުލޫމާތެއް އެނގޭނަމަ ފުލުހަށް އެންގުމަށް ވަނީ އެދިފައެވެ.

ސައްހަ ނޫން އެމެރިކާ ޑޮލަރުތަކެއް މާރުކުރި މައްސަލައާ ގުޅިގެން ހޯދަމުން އަންނަ ދެމީހުން --- ވިޑިއޯ : ޕޮލިސް
ޕާކު ކޮށްފައިހުރި ސައިކަލްތަކެއްގެ މަޑީގައި ކަޓަރު އެޅި މައްސަލައިގައި ހޯދަމުން އަންނަ މީހާ --- ވިޑިއޯ : ޕޮލިސް