ޚަބަރު

ސަފާރިއަކުން ޑައިވިން އަށް ފޭބި ފަތުރުވެރިއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފި

އިބްރާހިމް ޒަކީ

ނައުޓިލަސް ޓޫ ކިޔާ ސަފާރީއަކުން ޑައިވިން އަށް ފޭބި ފަތުރުވެރިއަކު ހަބަރެއް ނުވެގެން ހޯދަން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ، އެމީހާ ގެއްލުނީ، ވ. އަތޮޅު އަލިމަތާ، އިތުރު ކަނޑު އޮޅިއަށް ޑައިވިން އަށް ފައިބާ އުޅެނިކޮށް ކަމަށެވެ.

އެމީހާ ހޯދުމުގެ މަސައްކަތް ކުރަނީ އެމްއެންޑީއެފް މާލޭ އޭރިޔާ "ސީޖީ ސްކުއާޑު" ގެ ޑައިވަރުން ކަމަށެވެ.

އެމްއެންޑީއެފުން ބުނީ މިހާދިސާގެ ރިޕޯޓް އެމްއެންޑީއެފް އަށް ލިބުނީ، މިއަދު 13:33 ގައި ކަމަށެވެ.