ހުސްވި 2018 ވަނަ އަހަރު، އުރީދޫއަށް ލިބުނު ހިއްސާގެ ފައިދާގެ 88 ޕަސެންޓް ހިއްސާދާރުންނަށް ބަހަން ނިންމައިފި އެވެ.
އުރީދޫން މިގޮތަށް ނިންމާފައިވަނީ، އިއްޔެ ބޭއްވި އެ ކުންފުނީގެ ބޯޑު މެންބަރުންގެ ބައްދަލުވުމުގަ އެވެ. އިއްޔެގެ ބޯޑު ބައްދަލުވުމުގައި ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 3 ރުފިޔާ 22 ލާރި ބެހުމަށް ވަނީ ނިންމައިފަ އެވެ.
އުރީދޫއިން ބުނިގޮތުގައި ބޯޑުން ދީފައިވާ އެ ލަފާގެ މަތިން، ހިއްސާގެ ފައިދާ ބެހުމަށް، ކުންފުނީގެ ހިއްސާދާރުން ފާސްކޮށް ނިންމަވައިދިނުމަށް އެދި، މިއަހަރުގެ އަހަރީ އާއްމު ޖަލްސާގައި ބޯޑުގެ ފަރާތުން ހިއްސާދާރުންނަށް ހުށަހަޅާނެއެވެ.
މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގެ ނޯޓިސް އާއި އެޖެންޑާ، އަދި ޖަލްސާއާ ގުޅޭ އެހެނިހެން ލިޔުންތައް އަންނަ ފެބްރުއަރީމަހުގެ 15 ގެ ނިޔަލަށް އުރީދޫ ވެބްސައިޓުގައި އާންމުކޮށް ޝާއިއުކުރާނެ ކަމަށްވެސް އުރީދޫއިން ވަނީ ބުނެފަ އެވެ.
މިދިޔަ އަހަރު އުރީދޫގެ ހިއްސާގެ ފައިދާއިިން 85 ޕަސެންޓް ހިއްސާދާރުންނަށް ވަނީ ބަހައިފަ އެވެ.