ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހިިމެނިވަޑައިގަންނަވާގޮތުން، ރައްޔިތުންގެ މަޖިލީހުގެ 61 ދާއިރާއަކަށް ކުރިމަތި ލުމާމެދު ޖޭޕީގެ ކައުންސިލުން މިރޭ ގޮތެއް ނިންމާނެ އެވެ.
އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު ބާއްވަން ނިންމައިފައިވާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ޖޭޕީގެ ފަރާތުން ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވާ ކެންޑިޑޭޓުންނާއި އެ ކެންޑިޑޭޓުން ކުރިމަތިލައްވާފައިވާ ދާއިރާތަކުގެ ލިސްޓެއް ޖޭޕީން ވަނީ މީގެ އިރުކޮޅެއް ކުރީން އާންމުކޮށްފަ އެވެ.
ޖުމްހޫރީ ޕާޓީން ބުނީ މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ އެ ޕާޓީގެ 128 ވަނަ ކައުންސިލް ބައްދަލުވުގައި ލިސްޓާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމާނެ ކަމަށެވެ.
އެ ލިސްޓުގައި ބުނާގޮތުން ޖޭޕީގެ ލީޑަރު ކުރިމަތިލައްވާނީ އޭނާގެ އުފަންރަށް ހިމެނޭ އދ. މާމިގިލި ދާއިރާއަށެވެ.
"ވަން އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި 61 ދާއިރާއަށް ކެންޑިޑޭޓުން ކުރިމަތިލައްވައިފައިވީ ނަމަވެސް، އެ ހުރިހާ ދާއިރާއަކަށް ޕާޓީން ވާދަކުރާނެތޯ ނުވަތަ ނޫންތޯ ނިންމާނީ މިރޭ ބަހުސްކުރުމަށްފަހު އެވެ.
ކޮމެޓީން އާންމުކޮށްފައިވާ ދާއިރާތައް ތިރީގައި އެވަނީ އެވެ.
ހޯރަފުށި ދާއިރާ
ކެލާ ދާއިރާ
ހަނިމާދޫ ދާއިރާ
ނޮޅިވަރަމް ދާއިރާ
ވައިކަރަދޫ ދާއިރާ
ކުޅުދުއްފުށި އުތުރު ދާއިރާ
ކުޅުދުއްފުށި ދެކުނު ދާއިރާ
މަކުނުދޫ ދާއިރާ
ކަނޑިތީމު ދާއިރާ
މިލަންދޫ ދާއިރާ
ފުނަދޫ ދާއިރާ
ހޮޅުދޫ ދާއިރާ
ވެލިދޫ ދާއިރާ
އަލިފުށި ދާއިރާ
އުނގޫފާރު ދާއިރާ
އިނގުރައިދޫ ދާއިރާ
މަޑުއްވަރީ ދާއިރާ
ތުޅާދޫ ދާއިރާ
ކެންދޫ ދާއިރާ
ނައިފަރު ދާއިރާ
ކުރެންދޫ ދާއިރާ
ކާށިދޫ ދާއިރާ
ތުލުސްދޫ ދާއިރާ
ގުރައިދޫ ދާއިރާ
މަތިވެރި ދާއިރާ
ތޮއްޑޫ ދާއިރާ
މާމިގިލި ދާއިރާ
މަހިބަދޫ ދާއިރާ
ދަނގެތި ދާއިރާ
ފެލިދޫ ދާއިރާ
ކެޔޮދޫ ދާއިރާ
ބިލެއްދޫ ދާއިރާ
ނިލަންދޫ ދާއިރާ
ވިލުފުށި ދާއިރާ
ތިމަރަފުށި ދާއިރާ
ކިނބިދޫ ދާއިރާ
ގުރައިދޫ ދާއިރާ
އިސްދޫ ދާއިރާ
ގަމު ދާއިރާ
ފޮނަދޫ ދާއިރާ
މާވަށު ދާއިރާ
ވިލިނގިލި ދާއިރާ
ދާންދޫ ދާއިރާ
ގެމަނަފުށި ދާއިރާ
ތިނަދޫ ދާއިރާ
މަޑަވެލި ދާއިރާ
ފަރެސްމާތޮޑާ ދާއިރާ
ގައްދޫ ދާއިރާ
ފުވައްމުލަކު އުތުރު ދާއިރާ
ހިތަދޫ އުތުރު ދާއިރާ
އައްޑޫ މީިދޫ ދާއިރާ
ހުޅުމާލެ ދާއިރާ
ހެންވޭރު ދެކުނު ދާއިރާ
ހެންވޭރު ހުޅަނގު ދާއިރާ
ގަލޮޅު އުތުރު ދާއިރާ
ގަލޮޅު ދެކުނު ދާއިރާ
މައްޗަންގޯޅި އުތުރު ދާއިރާ
މައްޗަންގޯޅި ދެކުނު ދާއިރާ
މާފަންނު ދެކުނު ދާއިރާ
ވިލިމާލެ ދާއިރާ
މި ކަމާ ގުޅޭ ގޮތުން ޖޭޕީގެ ޗީފް ސްޕޯކްސް ޕާސަން އަލީ ސޯލިހު ވިދާޅުވީ އެ މައްސަލައިގައި މިރޭ އޮންނަ ކައުންސިލް ބައްދަލުވުމުގައި ގޮތެެއް ނިންމާނެ ކަމަށާއި އިއުލާނުކޮށްފައި އެވަނީ ކެންޑިޑޭޓުން ކުރިމަތިލީ ދާއިރާތަކާއި ޝަރުތު ހަމަވި ކެންޑިޑޭޓުންގެ ނަންތައް ކަމަށެވެ.